މާލެ: 31°C

ކޮވިޑް ރިކަވަރީ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްފި

February 8, 2023
2 ފަހަރު ބަލާފައި
ކޮވިޑް ރިކަވަރީ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑް ރިކަވަރީ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވި މީހުންނަށާއި ވިޔަފާރިތަކަށް، އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯންތައް ދައްކަން ދިން މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސްދުވަހުގެ މުއްދަތަކަށް، އެކަމަށް އެދުނު ފަރާތްތަކަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް ޖުމުލަ 103 މަސްދުވަހަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ.

ފިނޭންސް މިނިސްތްރިއިން ބުނީ މި ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށްވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އެމިނިސްޓްރީގެ މަގުސަދެއްކަމުގައެވެ.

ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދިފައިވާ ފަރާތްތަކާ ލޯނު ރީޝެޑިއުލްކުރަން އެދޭ ފަރާތަކުން  މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބީއެމްއެލްގެ (recoveryscheme@bml.com.mv) އަށް އީމެއިލް ކުރަންޖެހެއެވެ.  އަދި މި މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލް އަށް ފާހަގަވެފައިވާ 90 ދުވަހަށްވުރެ ގިނަ ދުވަހަށް ޕޭމަންޓް އޯވަރޑިއު ވެފައިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް އޮތްކަން ވެސް ފިނޭންސެ މިނިސްޓްރިއިން ހަނދާންކޮށްދީފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ