މާލެ: 31°C

ކޮވިޑުގެ ކުރިން ހައްޖަށް މީހުން ދިޔަ ވަރަށް މިފަހަރު ހައްޖަށް ދެވޭނެ، ވަކި އުމުރެއްނެތް!

January 10, 2023
2 ފަހަރު ބަލާފައި
ކޮވިޑުގެ ކުރިން ހައްޖަށް މީހުން ދިޔަ ވަރަށް މިފަހަރު ހައްޖަށް ދެވޭނެ، ވަކި އުމުރެއްނެތް!
ކޮވިޑުގެ ކުރިން ހައްޖަށް މީހުން ދިޔަ ވަރަށް މިފަހަރު ހައްޖަށް ދެވޭނެ، ވަކި އުމުރެއްނެތް!

ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށްް މިއަހަރުގެ ޙައްޖުގައި ފުރުސަތުދޭނެކަން ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.

މި އަހަރު ޙައްޖުގައި ބައިވެރިވުމަށް ވަކި އުމެރެއް ނޯންނާނެކަމަށެވެ. އަދި ކޯވިޑަށްް ޓެސްޓްކޮށް ސާމްޕަލްތައް ހެދުން މިފަހަރު ނޯންނާނެކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ. މިދިޔަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ރާއްޖެށް ލިބުނީ 453 މީހުންގެ ކޯޓާއެކެވެ. މި ކޯޓާއަށް މީހުން ހައްޖަށް ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު (1440 ވަނަ އަހަރު) ޙައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވިއެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ. އެއީވެސް ސައުދީގައި ދިރިއުޅެމުން އައި މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ