
ކޮވިޑުގެ ކުރިން ދިން ވަރުގެ ހައްޖު ކޯޓާއެއް ރާއްޖެއަށް ދީފި
ކޮވިޑުގެ ކުރިން ދިން ވަރުގެ ހައްޖު ކޯޓާއެއް ރާއްޖެއަށް ދީފި
ލިޔުން:
1444 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދާން ރާއްޖެއަށް، ޖުމްލަ 1000 ޖާގަ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1000 ޖާގައިގެ އިތުރުންވެސް އިތުރު ޖާގަ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
[embed]https://twitter.com/AhmedZahirAli/status/1628259605318103040[/embed]
މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލިމިޓްކުރުމެއް ނެތި ސައުދީން ހައްޖަށް މީހުން ގެންދާނެ ފުރަތަމަ އަހަރެވެ.
މިދިޔަ އަހަރު ވެސް ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެއްވެސް އެހެން ގައުމަކުން ހައްޖަށް ދާން ފުރުސަތު ދީފައިނުވާ އިރު، 2021 ވަނަ އަހރު ހައްޖަށް ދާން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށެވެ. ކޮވިޑް ހާލަތުގެ ކުރިން ކޮންމެ އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ސައުދީން ހައްޖުގެ ފުރުސަތު ދެމުން އަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
