މާލެ: 31°C

ކޮވިޑްގައި ދިމާވި ދަތި ބައެއް މީހުން ހަނދާން ނައްތާލައިފި: ރައީސް

January 17, 2023
2 ފަހަރު ބަލާފައި
ކޮވިޑްގައި ދިމާވި ދަތި ބައެއް މީހުން ހަނދާން ނައްތާލައިފި: ރައީސް
ކޮވިޑްގައި ދިމާވި ދަތި ބައެއް މީހުން ހަނދާން ނައްތާލައިފި: ރައީސް
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތި އިގުތިސާދީ ބޮޑެތި މައްސަލަތަކުގެ މަތިން ބައެއް މީހުން ހަނދާން ނައްތާލައިފި ކަމަށާއި ބައެއް ބޭޅުން މިހާރު ވާހަކަ ދައްކަވަނީ ރާއްޖެ އާއްމު ހާލަތުގައި އޮތް ހަަތަރު އަހަރު ސަރުކާރަށް ލިބުނުކަމަށް ބައްލަވައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ހއ. އިހަވަންދޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކޮވިޑްގެ ކުރިން ވިސްނުން އޮތީ އެމަނިކުފާނުގެ ދައުރުގެ ފަހު އަހަރު އަންނަ އިރު، ވައުދުވި އެއްވެސް މަސައްކަތެއް ނުފަށާ ނުބާއްވަން ކަމަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ އެކު ބައެއް ކަންތައްތައް މަޑުޖައްސަައިލަަން ޖެހުނު ކަމަށާއި އެވަގުތު އިސްކަން ދިނީ ރައްޔިތުންގެ ފުރާނަ ކުރުމަށާއި ހަމަޖެހޭ ދިރިއުޅުމެއް އަނބުރާ ގެންނަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އޭރު ސަރުކާރުން މަސައްކަތްކުރި ގޮތް ގިނަ ގައުމުތަކުން ފާހަގަކުރާ ކަމަށާއި ޑަބްލިއުއެޗްއޯއިން އެކަން ގައުމުތަކާ ހިއްސާވެސް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ބައެއް މީހުން، ބައެއް ބޭފުޅުން އެހަނދާނެއް މިއަދަކު ނެތް. ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާއްމު ހާލަތުގައި އުޅުނުކަމަށް ދެކެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަ ގެންދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރަށް (އާއްމު ހާލަތުގައި މަސައްކަތް ކުރަން) ލިބުނީ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ކަމަށާއި އެ ދެ އަހަރުގެ ތެރޭގައި އެހެން ސަރުކާރުތަކުން ފަސް އަހަރު ތެރޭގައި ނުކުރާހާ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު މިއަދު ވަޑައިގެންނެވި އިހަވަންދޫ ދާއިރާއަގައި ވެސް ގިނަ މަަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ދާއިރާއަށް ހަރަދުކުރި ފައިސާގެ އަދަދުތައް ވެސް ރައީސް ވިދާޅުވެދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިހަވަންދުއަށް އެކަނި 129 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. މާރަންދުއަށް 34 މިލިޔަން ރުފިޔާ އަދި މޮޅަދުއަށް 49 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "މިއީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތަކަށް، ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުކޮށް ކުރިއަށް ދިއުމަށް ޓަކައި ސީދާ ރައްޔިތުންނަށް މިސަރުކާރުން ކޮށްދީފައި ހުރި ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ