މާލެ: 31°C

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު އުސޫލުތަކާ ޚިލާފު: ބާ ކައުުންސިލް

February 26, 2025
116 ފަހަރު ބަލާފައި
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު އުސޫލުތަކާ ޚިލާފު: ބާ ކައުުންސިލް
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރުމުގައި މާޒީގައި ހިނގާފައިވާ ގޮތާ އެއްގޮތަށް އެކަންކަން އަލުން އިޔާދަވުމުގެ ބިރު އެބައޮތް ކަމަށާއި، އެ އިސްލާހަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ އިސްލާހެއް ކަމަށް ބުނެ ބާ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަހަކަށް މަދުކުރެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދެ ދުވަހެއް ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވެ އެވެ.

އެ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ދިގު ބަޔާނެއްގައި ހިއްސާކުރަމުން ބާ ކައުންސިލުން ބުނީ، ކޯޓުތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ބާ ކައުންސިލުން ބުނީ، ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ އަދި ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނާވެސް ހިލާފު މާއްދާއެއް ކަމަށެވެ.

ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ގާނޫނު އަސާސީއާ ހިލާފަށް ހަދާ ކޮންމެ ގާނޫނަކީ ބާތިލު އެއްޗެއް ކަމާއި، އަދި އެފަދަ ގާނޫނެއްގެ ބާރުނުހިނގާނެ ކަމަށް ބަޔާންކޮށްފައިވާއިރު މަޖިލީހުން ފާސްކުރި ބިލަކީ ގާނޫނު އަސާސީގައި ކަނޑައެޅިގެން ވަރަށް އަސާސީ ކަންކަމާވެސް ހިލާފު ބިލެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ފަހު އެ ފަނޑިޔާރަކު ވަކިކުރެވޭނީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށް ބަޔާންކޮށްފައިވާއިރު މީގެ ކުރީގެ ވެރިކަންތަކުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން މާޒީގައި ކަންކަން ހިނގާފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

"..ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ވަކިކުރުމުގައި މާޒީގައި ކަންހިނގާފައިވާ ގޮތާ އެއްގޮތަށް ކަންކަން އިއާދަވުމަކީ ކަންބޮޑުވުމެއް" ބަޔާނުގައި ބުންޏެވެ.

އެ ބިލު ފާސްނުކުރުމަށް ބަންޑާރަ ނައިބަށް ސިޓީއަކުން މީގެ ކުރިން އަންގާފައިވާނެ ކަމަށް ވެސް ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ