މާލެ: 31°C

ކޯޓުތަކަށް ނުފޫޒް ފޯރުވާކަމަށްބުނެ ހުށަހެޅި ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް

March 4, 2025
166 ފަހަރު ބަލާފައި
ކޯޓުތަކަށް ނުފޫޒް ފޯރުވާކަމަށްބުނެ ހުށަހެޅި ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް
ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒް ފޯރުވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒް ފޯރުވާކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަކީ ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވައި، ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މެމްބަރު ޝަމްހީދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ 11 މެމްބަރުންނެވެ. މައްސަލަ ބޭރުވެފައިވަނީ އެމައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ޕީއެންސީއަށް ނިސްބަތްވާ 46 މެމްބަރު މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓް ދެއްވުމުންނެވެ.

މެމްބަރު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިީހުން ފާސްކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް ކުއްލި މައްސަލާގައި ކަމަށާއި، އެ މައްސަލާގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހެއް ތާވަލްކޮށްފައިނިކޮށް، އެ ދުވަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ މައްސަލަ ހިނގުން ހުއްޓުވައި، މައްސަލަ ބަލަން ހުރަސް އެޅުމުގެ ގޮތުން ކަމުގައިވެސް ކުއްލި މައްސަލާގައި ބުނެފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ