މާލެ: 31°C
ކޯޓުތައް އެއްވިއުގައަކުން ގުޅާލަނީ

ކޯޓުތައް އެއްވިއުގައަކުން ގުޅާލަނީ

April 28, 2024
2 ފަހަރު ބަލާފައި
ކޯޓުތައް އެއްވިއުގައަކުން ގުޅާލަނީ
ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލަން ނިންމައި އެކަމަށް ބޭނުންވާ ޚާއްސަ ސޮފްޓްވެއާއެއް އިފްތިތާފުކޮށްފިއެވެ، އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް (އައިސީއެމްއެސް) މި ސޮފްޓްވެއާ އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ. ދައުވާ ފޯމު އެންޓްރީ ކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަން، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުމާއި މައްސަލަތައް ޝެޑިއުލްކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމުގެ އިތުރުން ހުކުމް ކުރުން ވެސް މި ސިސްޓަމުގެ ތެރެއިން ކުރިއަށް ގެންދެވޭނެ އެވެ. އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ، ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުން އެއް ވިއުގައަކުން ގުޅުވާލެވި ސްޓްރީމްލައިން ކުރުމަށް އެޅޭ ފާލަމެއް ކަމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ