މާލެ: 31°C
ކޯޓު އިމާރާތް ހުރި ހާލަތުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭކަށެއްނެތް: އުއްތަމަ ފަނޑިޔާރު

ކޯޓު އިމާރާތް ހުރި ހާލަތުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭކަށެއްނެތް: އުއްތަމަ ފަނޑިޔާރު

January 18, 2024
3 ފަހަރު ބަލާފައި
ކޯޓު އިމާރާތް ހުރި ހާލަތުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދެވޭކަށެއްނެތް: އުއްތަމަ ފަނޑިޔާރު
މާލޭގެ ކޯޓުތައް ހިންގާ އިމާރާތްތަކުގެ ހާލަތު ހުރިގޮތުން ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން ހުއްޓުމަކަށް އައިސްފައިވާކަމަށް އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިދިޔަ އަހަރު ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓުގެ އިތުރުންވެސް ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މިގޮތުން ވިއްސާރާގައި ކޯޓުތަކުގައި ހުރި ވަސީލަތްތަކަށް ލިބުނު ގެއްލުމުގެ ހައްސާސްކަން ފާހަގަކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް އެކަނިވެސް 854 މައްސަލަ ހުށަހެޅިފައިވާ ކަމަށާއި، އެހެންނަމަވެސް ކޯޓު އިމާރާތުގެ ހާލަތު ދަށްވުމުގެ ސަބަބުން މައްސަލަތައް ކުރިއަށް ނުގެންދެވި މެދުކަނޑިފައިވާ ކަމަށެވެ.ކޯޓުގެ އިމާރާތުގެ ހާލަތު ދަށްވުމުގެ ސަބަބުން މީހުން ހާޒިރުކުރެވެން ނެތްކަން އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި އޭގެ ސަބަބުން މުޖުތަމައުއަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމެއް. މިހާރުވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރުވެ ތިބޭށާ، ފަނޑިޔާރުން އިށިއިނދެ ވަޑައިގަންނަވަން އަދި މުއައްޒަފުން ތިބޭނޭ ތަނެއް ނެތް
އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާނު ވިދާޅުވިއެވެ. [caption id="attachment_96055" align="alignnone" width="2560"] ޤަޟާއީ އަހަރު ފެށުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް[/caption] އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާލޭގައި ޖިނާއީ މައްސަލަތައް ބެލުން ހުއްޓުމަކަށް އައިސްފައިވާއިރު، މިކަމަކީ މިހާރުން މިހާރަށް ކޮންމެހެންވެސް އަވަހަށް ހައްލުކުރަންޖެހޭ ކަމެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު މިރޭވެސް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމަށް ޤާނޫނުތަކަށް ބަދަލު ގެންނެވުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިދިޔަ އަހަރުގެ ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ޖަލްސާގައި އުއްތަމަ ފަނޑިޔާު ވިދާޅުވެފައިވަނީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އުއްތަމަ ފަނޑިޔާރު މިރޭ ވިދާޅުވީ މިކަމުގައި ރައްޔިތުންގެ މަޖިލީހުން ފެންނަންޖެހޭ ދައުރު ހަގީގަތުގައި އަދިވެސް ފެނިގެން ނުދާކަމަށެވެ. ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވި ފަނޑިޔާރުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ މެޑެއްޔާއި، ޝަރަފްގެ މުގުރު އަރުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ