މާލެ: 31°C
ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި

ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި

July 23, 2023
2 ފަހަރު ބަލާފައި
ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 12 އިން ފެށިގެން އާދަމް އަލީގެ ސަސްޕެންޝަން އިތުރުކުރުމަށް އަންގާފައިވާނެ ކަމަށެވެ. މިދިޔަ މޭ 23 އިން ފެށިގެން އޭނާ ހުރީ އެމައްސަލައިގައި ސަސްޕެންޑްކޮށްފައެވެ.

އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއްގަ އެވެ.

ފަޑިޔާރުންގެ ސުލީކީ މައްސަލަތައް ބަލާ ޖޭއެސްސީއިން ދަނީ އެފަދަ ކަންކަމާމެދު ފިޔަވަޅު އަަޅަމުން ނެވެ. އެގޮތުން  ކޮރަޕްޝަނާާއި، ޖިންސީ ގޯނާ، ފުރައްސާރަ އަދި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ މައްސަލަތައް ދަނީ ބަލާ ފިޔަވަޅު އަޅަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ