
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ މިދިޔަ މަހުގެ 29 އަދި 31 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ހުރި މަސްތުވާތަކެތި ކަމަށެވެ.
މިގޮތުން މިދިޔަ މަހު 29ވަނަ ދުވަހު ބަލައި ފާސް ކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި ހަ ދަޅަކުން، އަދި މިދިޔަ މަހުގެ 31ވަނަ ދުވަހު ބަލައި ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި ހަތަރު ދަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިތަކެތީގެ ޕެކިންއާއެކު ޖުމްލަ 1800 ގްރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީގެ އަގު 3،240،000.00 (ތިން މިލިއަން ދެލައްކަ ސާޅީސްހާސް) ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
