
ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުން:
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.040 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލަިގެންފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް، އިނގިރޭސީ ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައަކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތަށް ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރޭގައި ހުރި ހަތަރު ޕެކެޓް އެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައ ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށްވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ، އެތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމްލަ 1040 ގުރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ދިވެހި ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށަޓަކައި އަތުލައިގަނެވުނު މަސްތުވާ ތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލު ކޮށްފައި ކަމށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
