މާލެ: 31°C

ކައުންސިލްތަށް ބައިވެރިކޮށްގެން ލޯކްލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ތައިލެންޑުގައި ރޯޑުޝޯއެއް ފަށައިފި

January 24, 2025
144 ފަހަރު ބަލާފައި
ކައުންސިލްތަށް ބައިވެރިކޮށްގެން ލޯކްލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ތައިލެންޑުގައި ރޯޑުޝޯއެއް ފަށައިފި
ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ކައުންސިލްތަށް ބައިވެރިކޮށްގެން ތައިލޭންޑް ގައި "މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯ" ގެ ނަމުގައި ރޯޑްޝޯއެއް އިއްޔެ ފަށައިފިއެވެ.


ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ކައުންސިލްތަށް ބައިވެރިކޮށްގެން ތައިލޭންޑް ގައި "މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯ" ގެ ނަމުގައި ރޯޑްޝޯއެއް އިއްޔެ ފަށައިފިއެވެ.

އިއްޔެއިން ފެށިގެން 3 ދުވަހުގެ މުއްދަތައް ބާއްވާ އެ ރޯޑްޝޯގައި 16 ސްޓޯލް ބަހައްޓާފައިވާ އިރު 60 ޑެލިގޭޓުން ބައިވެރިވާ ކަމަށް އެ ރޯޑްޝޯ  އިންތިޒާމްކުރާ އެމްއައި އެޑްވަޓައިޒިން އިން ބުނެފައިވެއެވެ. އެގޮތުން އެ ރޯޑްޝޯ ގައި އައްޑޫ ސިޓީ ކައުންސިލާއި، ތުލުސްދޫ ކައުންސިލުންނާއި އއ.މަތިވެރި ކައުންސިލުންނާއި، ދިއްފުށި، ވ.ފުލިދޫ، ހިންމަފުށި، އދ.ދިގުރަށް، ޅ.ހިންނަވަރު، ލ.ގަން، އަދި މާފުށިން ވަނީ ބައިވެރިވެފައެވެ. 

ޗައިނީސް ނިއު އިޔާ އާއި ދިމާކޮސް ތައިލެންޑުގެ ސެންޓްރަލް ވޯލްޑްގައި ކުރިއަށްގެންދާ މި ރޯޑު ޝޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ޝޯ އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ