މާލެ: 31°C

ކޮރަޕްޝަން ހުއްޓުވުމުގައި ނަތީޖާ ނެރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން: ރައީސް

December 9, 2022
2 ފަހަރު ބަލާފައި
ކޮރަޕްޝަން ހުއްޓުވުމުގައި ނަތީޖާ ނެރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން: ރައީސް
ކޮރަޕްޝަން ހުއްޓުވުމުގައި ނަތީޖާ ނެރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން: ރައީސް
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެކަށީގެންވާ ނަތީޖާއެެއް ނެރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ބައިނަލް އަގުވާމީ ގޮތުން ފާހާގަކުރާ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބާގައި އާއްމުކުރެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަަދަ އެއްވެސް އަމަލެއް ދައުލަތުގެ އެއްވެސް އިދާރާއެއްގައި ހިނގާ ނަމަ ވީ އެންމެ އަވަހަކަށް އެކަމެއް ރިޕޯޓްކުރުމަކީ ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ޓަކައި ވެބްޕޯޓަލް އެއް ގާއިމްކޮށް، މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ގާނޫނީ ހިމާޔަތް ދިނުމުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. "...ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލުލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. މިއީ ގައުމީ މައްސަލައެއް ކަމަށް ދެކި، ގައުމީ ފެންވަރުގައި މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެންނެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ނަތީޖާ ނެރެވޭނީ ސްކޫލް މާހައުލުގެ ތެރެއިން އަލަށް އުފެދެމުން އަންނަ ޒުވާން ޖީލުތައް، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫހު ވެސް އާލާކޮށްގެންނެވެ. "...އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، އާއިލާއާއި މުޖްތަމަޢުގައިވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގާކަށް ވެސް އެދިވަޑައިނުގަންނަވާ ކަމަށާާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ގާނޫނީ އިމުގެ ތެރެއިން ކުރަން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މާލީ ހުރިހާ ކަމެއް ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުއާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ބައިނަލް އަގުވާމީ އެެންޓިކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރުމަހުގެ ނުވަ ވަނަ ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ