
ކޮރަޕްޝަނާއި ގުޅޭގޮތުން ސައީދާއި މުޣުނީގެ ހޫނު ރައްދުދިނުމެއް
ކޮރަޕްޝަނާއި ގުޅޭގޮތުން ސައީދާއި މުޣުނީގެ ހޫނު ރައްދުދިނުމެއް
ލިޔުން:
ސަރުކާރުން ކުންފުންޏެއް ހަވާލުކުރި އެންމެ ނާގާބިލް އެމްޑީއަކީ ހަސަން މުޣުނީ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވި ވިދާޅުވުމަށް މުޣުނީ ރައްދުދެއްވައިފިއެވެ.
މުޣުނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ވެރިކަން ފެށުނުއިރު ‘ޒީރޯ ކޮރަޕްޝަން’ ސިޔާސަތު އޮތް ނަމަވެސް ސަރުކާރުން އެވާހަކަ ދެއްކުން ހުއްޓާލަން ޖެހުނު ސަބަބަކީ ސައީދުކަމުގައެވެ.
މުޣުނީ ވަނީ ސައީދުގެ ގާބިލްކަމާ މެދު ވެސް ސުވާލުކުރައްވާ ފައެވެ.
" އެމްޑީއަކަށް ވުމުގެ ކުރިން އެސްއޯއީއެއްގައި ކިތައް އަހަރު މަސައްކަތް ކުރިންތަ؟ މެނޭޖްމަންޓާ ބެހޭ ގޮތުން ލިބިފައިވާ އިލްމު ކިޔައިދީބަލަ؟ ޕްރައިވެޓް ކުންފުނިތަކުގައި ކުރިން އުޅުނު ހުރިހާ ވަޒީފާތަކުން ވަޒީފާއިން ވަކިކުރި ގޮތް ވެސް ކިޔައިދީބަލަ! " މުޣުނީ ސައީދަށް ރައްދުވެއްވައި އައްސަވާފައިވެއެވެ.
މީގެ އިތުރުން މުޣުނީ ވިދާޅުވީ، ސައީދަކީ ހަގީގަތުގައި ސަރުކާރަށް ހުރި ބަދުނާމެއްކަމަށެވެ.
އަދި ސައީދާ ގުޅޭގޮތުން ވާހަކަ ދެއްކުމުން ވަޒީފާއިން ވަކިކޮއްލެވޭ ވަރުގެ ބާރު އެބައޮތްތޯ ވެސް މުޣުނީ ވަނީ އައްސަވާފައެވެ.
ބަނގުރޫޓުވަމުންދާ ކުދި ވިޔަފާރިތަކަކަށް އެމީހުން ނިންމާފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ އުޅޭކަމުގެ ތުހުމަތު ވެސް މުޣުނީ ވަނީ ސައީދުއަށް ކުރައްވާފައެވެ.
[embed]https://twitter.com/HMughnee/status/1658216025677250560[/embed]
މުޣުނީ އާއި ސައީދުގެ ބަހުގެ ހަމަލާ ހޫނުވެފައި ވަނީ، ސަރުކާރުގެ ކުންފުނިތައް ހިންގެވުމަށް ރައީސް ސޯލިހު އައްޔަންކުރަަށްވާފައިވާ މެނޭޖިން ޑިރެކްޓަރުންނަށް ފާޑުވިދާޅުވެ މުޣުނީ ކުރެއްވި ޓުވީޓްގެ މައްސަލައާއި ގުޅިގެން ސައީދު މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި މުޣުނީއަށް ހޫނު ރައްދެއް ދެއްވުމުންނެވެ.
ސައީދު ވިދާޅުވެފައިވަނީ، މުޣުނީ އަކީ ކޮރަޕްޝަނާއި ފަސާދަ އާލާކުރަން މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް މިހާރު ހުންނެވި ހަސަން މުޣުނީ ކުރިން އަދާކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމެެވެ.
ސްޓެލްކޯގައި އޭނާ ހުންނެވި އިރު ކޮރަޕްޝަނާއި ފަސާދަ އާންމުކުރަން މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް ސައީދު ވަނީ ތުހުމަތު ކުރައްވާ ފައެވެ.
ސައީދަށް ރައްދު ދެއްވައި މުޣުނީ ވިދާޅުވީ، އިލެކްޝަން ތަކާ ދިމާކޮށް ފެނަކައިން ސައީދުގެ ބާރުގެ ބޭނުންކޮށްގެން ވަޒީފާތަށް ބަހާ ކަމަށެވެ.
ސައީދުއާއި މުޣުނީގެ ބަހުގެ ހަމަލާ ހޫނުވެފައިވާ އިރު ރައީސް ސޯލިހް އަށް ތުހުމަތުތަކެއް ކުރައްވާ މުޣުނީ ކުރެއްވި ޓްވީޓެއްގެ މައްސަލަ ރައީސް އޮފީހުން ވަނީ ބަލަން ފަށާފައެވެ.
ހަސަން މުޣުނީއަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
