މާލެ: 31°C

ޕްރިޒަންސް އޮފިސަރުންގެ ވަޒީފާއަށް ހުޅުވާލައިފި

March 5, 2025
165 ފަހަރު ބަލާފައި
ޕްރިޒަންސް އޮފިސަރުންގެ ވަޒީފާއަށް ހުޅުވާލައިފި
ޕްރިޒަންސް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލުމަށް ކަރެކްޝަނަލް ސާވިސަސް އިން 2 ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

ޕްރިޒަންސް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލުމަށް ކަރެކްޝަނަލް ސާވިސަސް އިން 2 ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ގެޒެޓް ހގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕްރިޒަންސް އޮފސަރުންގެ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  2025 މާރޗް 24 ވާ ހޯމަ ދުވަހު 18:00 ގެ ނިޔަލަށް humanresource.mcs@gmail.com އަށް އީމެއިލް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(ރޭޑިއޯ ބިލްޑިންގ)ގެ ކައުންޓަރަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަންނަނިވި ޝަރުތުތައް ފުރިުހަމަ ވާންވާނެއެވެ:

  1. ދިވެހި ރައްޔިތެއްކަމުގައިވުން.
  2. ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން.
  3. ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
  1. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

އެ ވަޒީފާއަށް ހޮވޭ ފަރާތަތަކަށް ޕްރިޒަންސް އޮފިސަ ޓްރެއިނީއެއްގެ އަސާސީ މުސާރަ އަކީ މަހަކު 6050 ރުފިޮޔާއެވެ. އޭގެ އިތުރުން މަގާމު ހުވާ ކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500 ރުފިޔާ އާއި ނޮން ޕްރެކްޓިސް އަށް އަސާސީ މުސާރައިގެ 45 އިންސައްތަ އާއި ލިވިން އެލަވަންސް ގެ ގޮތުގައި 2،500 ރުފިޔާ އާއި އަދި ޔުނީފޯމް އެލަވަންސް ގެ ގޮތުގައި މަހަކު 300 ރުފިޔާ ލިބޭނެ އެވެ.

ވަޒީފާއަށް އެދި ހުށަހެޅުމުގައި އަމަލުކުރުމަށް ކަރެކްޝަނަލް ސާވިސަސްގެ އިއުލާނުގައި ބުނެފައިވަނީ:

  • ވަޒީފާއަށް އެދޭ ފޯމް

(ކަރެކްޝަނަލް ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވޭ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް

ޕްރިޒަންސް އޮފިސަރުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ކަރެކްޝަންސް އިން އިއުލާންކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ