
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު ބަލަހައްޓާ އޮފިސަރެއް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު ބަލަހައްޓާ އޮފިސަރެއް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި
ލިޔުން:
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް، ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުގައި މަސައްކަތްކުރާ އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ، އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
https://twitter.com/ahumadhumohamed/status/1656977309864448002
އަހުމަދު ވިދާޅުވީ، މިހާރު މި އޮފިސަރު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭނާ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، މިފަދަ ކަންކަމުގައި މަދުން ނަމަވެސް ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
