- ކޮމިޝަނަށް ހުށަހެޅުނު ޝަކުވާގެ އަދަދު: 1،151
- ރަޖިސްޓްރީކުރި މައްސަލަތައް: 742
- ކޮމިޝަނުން ނިންމި މައްސަލަތައް: 358
- ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ފައިސާގެ އަދަދު: 74.1 މިލިއަން ރުފިޔާ
- ދައުލަތަށް އަނބުރާ ހޯދުނު ފައިސާ: 234،531 ރުފިޔާ

ކޮރަޕްޝަން ނައްތާލުމަށް އެންމެބޮޑަށް ހުރަސްއަޅަނީ ރައްޔިތުންގެ މަޖިލީހުން: އޭސީސީ
ކޮރަޕްޝަން ނައްތާލުމަށް އެންމެބޮޑަށް ހުރަސްއަޅަނީ ރައްޔިތުންގެ މަޖިލީހުން: އޭސީސީ
ލިޔުން:
ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތުގައި އެންމެބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހެނީ ރައްޔިތުންގެ މަޖިލީހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކުރިއަށްދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީގޮތުން ކެރިފޯރުންތެރިކަން ނެތުންކަމަށެވެ. މިގޮތުން ކޮމިޝަނުން އެދެމުން އަންނަ ބަޖެޓް ކަނޑާލާކަން ފާހަގަކުރަމުން ކޮމިޝަނުން ބުނީ، އެކަމުގެ ނޭދެވޭ އަސަރު ހީ ނުކުރާހާ ބޮޑަށް ކޮމިޝަނުގެ މަސައްކަތްތަކަށް ކުރާ ކަމަށެވެ.
މިކަމުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ދުރުރާސްތާ ވިސްނުމުގައި މިދިޔަ އަހަރު ކޮމިޝަނުން ވާނީ "މޯލްޑިވްސް އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑެއް ގާއިމްކޮށްފައި ކަމަށާއި، މި ފަންޑަކީ ދުނިޔޭގެ މިފަދަ އެހެން ފަންޑުތަކާ ގުޅާލެވިފައިވާ މަންފާކުރާ ފަންޑަކަށް ހެދުމަކީ ކޮމިޝަނުގެ އަމާޒުކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭސީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރަމުން، ކޮމިޝަނަށް ވަކި ބިމަކާއި އިމާރާތެއް ބޭނުންވާ ކަމަށެވެ. މިގޮތުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް އެކަން ހަމަޖެހިފައި އޮންނަން ޖެހޭނޭ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
އޭސީސީގެ މިދިޔަ އަހަރުގެ އުސްއަލިތައް:
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
