ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ މަޖިލީހުގައި އިއްވައިފި އެވެ.
ކޮމިޓީން ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށެވެ. ނަމަވެސް، މަޖިލިސް ތަޅުމުގައި ވޯޓު ނަގަން ހުށަހަޅާފައި ވަނީ ކޮންމެ މިނިސްޓަރަކަށް ވަކިވަކިންނެވެ.
ކޮމިޓީ ރިޕޯޓް އިއްވާ ނިމުމާ އެކު، އެ ރިޕޯޓަށް ބަހުސްކުރަން ޖުމްލަ 30 މިނިޓް ލިބޭނެ ކަމަށް ރިޔާސަތުން އިއުލާން ކުރެެއްވިއެވެ. މިހާރު ދަނީ މެމްބަރުން ބަހުސްކުރައްވަމުންނެވެ.






