މާލެ: 31°C

ކޯލިޝަން ދެމެހެއްޓުނީ މިސަރުކާރަށް އެކަނި: ރައީސް ސޯލިހު

ކޯލިޝަން ދެމެހެއްޓުނީ މިސަރުކާރަށް އެކަނި: ރައީސް ސޯލިހު
July 10, 2023
2 ފަހަރު ބަލާފައި
ކޯލިޝަން ދެމެހެއްޓުނީ މިސަރުކާރަށް އެކަނި: ރައީސް ސޯލިހު
ކުރީގެ ސަރުކާރުތަކުން ހެދި ކޯލިޝަންތައް ރޫޅިފައިވުމަކީ، މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ދިނުުގެ ކުރިން ވިސްނާ ފިކުރުކުރަން ޖެހޭ ކަމެއް ކަމުގައި ރައީސް ސޯލިހު ވިދާޅު ވެއްޖެ އެވެ. އެމަނިކުފާނު ރިޔާސީ ކެމްޕެއިން ފެށުމަށް، ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދާއި ޔާމީންގެ ވެރިކަމުން މިސާލު ނަންގަވާ، ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ކަން ކޮށްފައިވާ ގޮތާއި ކަން ހިނގާފައި ގޮތާމެދު ވިސްނަން ޖެހޭ  ކަމަށެވެ. "ދެހާސް އަށެއްގައި ކޯލިޝަނަކާއެކު އިންތިހާބު ކުރި އެމްޑީޕީ ވެރިކަމުގައި ކަންތައް ހިނގައިދިޔައީ ކިހިނެއްތޯ، ކޯލިޝަނަށް ވީ ކިހިނެއްތޯ، އެންމެ 21 ދުވަސް ތެރޭ ކޯލިޝަން ރޫޅުނީ، އުމުރު ހަމަ ނުވަނީސް ސަރުކާރު ވެއްޓި ދިޔައީ، އޭރުގެ ނައިބު ރައީސް ވެރިކަމަށް ވަޑައިގެންނެވީ،" އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ކޯލިޝަން ނިމުނުގޮތަށް އަލި އަޅުއްވައި ރައީސް ސޯލިހު ވިދާޅުވިއެވެ. އޭގެ އިތުރުން ޔާމީން ވެސް ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެން، މާ ގިނަ ދުވަހެއް ނުވެ އެ ކޯލިޝަން ރޫޅިގެން ދިޔަކަން ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ. "ދެން ރާއްޖެ ކުރިމަތިލާން ޖެހުނީ ކޮން ފަދަ ބިރުވެރިކަމަކާތޯ، ސިޔާސީ ވެރިން ތިއްބަވަން ޖެހުނީ ކޮންތާކުތޯ، ނޫސްވެރިންނަށް ވީ ކިހިނެއްތޯ، ކޯޓުތަކަށް ހެދީ ކިހިނެއްތޯ،" ރައީސް ސޯލިހު ވިދާޅުވި އެވެ. ނަޝިދާއި ޔާމީނުގެ ވެރިކަމުގައި ކޯލިޝަން ދެމެހެއްޓިފައި ނުވާކަމަށް އަލިއަޅުއްވާ، ރައީސް ސޯލިހު ފާހަގަކުރެއްވީ، އެމަނިކުފާނުގެ ސަރުކާރުގައި ކޯލިޝަން ދަމަހައްޓާފައިވާކަމެވެ. "މި ފަސް އަހަރު ވެސް ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން، އެހެން ސަރުކާރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މި ކޯލިޝަން އެބައޮތް، ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އުފަލާ ހިތްހަމަޖެހުމަކީ މި ކޯލިޝަން ދެމި އޮތުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާ، ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ، ރޭ ށ. ފޯކައިދޫގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ