މާލެ: 31°C

ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް!

February 15, 2023
2 ފަހަރު ބަލާފައި
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް!
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް!
ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީއަކާއި އެކީ ކޯލިޝަނެއް ހެދުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސްއަށް އެ ބާރު ދިނުމަށް ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އިއްޒުއްދީން ސްކޫލުގައި ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމަށް ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. މިގަރާރުގައި ވަނީ، ރިޔާސީ ކެންޑިޑޭޓަށް ސިޔާސީ ޕާޓީއަކާއި ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު ކޯލިޝަން ހަދަން ފެނިއްޖެ ނަމަ، އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ރިޔާސީ ކެންޑިޑޭޓަށް ދޭންވާނެ ކަމަށެވެ. މި ޖަލްސާގައި 85 މެމްބަރުން ބައިވެރިވިއިރު 81 މެމްބަރުން ވޯޓު ދެއްވީ ނާޝިޒްގެ ހުށައެޅުމާ އެއްގޮތަށެވެ. މިރޭގެ ޖަލްސާ، ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންގެ ތެެރެއިން ބައިވެރިވީ މަދު މެމްބަރުންކޮޅެކެވެ. ރައީސް ނަޝީދާއި، އީވާއާއި އިންތި ފަދަ ބޭފުޅުން މިޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ