މާލެ: 31°C

ކޯލިޝަން މަޝްވަރާއަށް އެމްޑީޕީ-އެމްޑީއޭ ބައްދަލުވުމެއް ބާއްވައިފި

February 23, 2023
2 ފަހަރު ބަލާފައި
ކޯލިޝަން މަޝްވަރާއަށް އެމްޑީޕީ-އެމްޑީއޭ ބައްދަލުވުމެއް ބާއްވައިފި
ކޯލިޝަން މަޝްވަރާއަށް އެމްޑީޕީ-އެމްޑީއޭ ބައްދަލުވުމެއް ބާއްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާކުރަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވަފުދެއް، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކޮށްފި އެވެ. އެމްޑީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ. [embed]https://twitter.com/SecretariatMDA/status/1628678146626322438?s=20[/embed]

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އިސްކޮށް ހުންނަވާ އެމްޑީއޭގެ އިސް ބޭފުޅުންނާ އެމްޑީޕީގެ ވަފުދުން ބައްދަލު ކުރީ ސިޔާމްގެ އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެމްޑީއޭ ތަމްސީލު ކުރެއްވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އެވެ.

ކޯލިޝަން ހަދަން އެމްޑީޕީން އެމްޑީއޭ އާ އެކު މަޝްވަރާކޮށްފައި ވާއިރު އިދިކޮޅު ޕީޕީއެމުން ވެސް ބުނީ އެމްޑީއޭއާ އެކު މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ