ކޯލިޝަން ދައުވަތަށް ޖޭޕީން އަދި ޖަވާބެއް ނުދޭ: ތަރުޖަމާން

ކޯލިޝަން ދައުވަތަށް ޖޭޕީން އަދި ޖަވާބެއް ނުދޭ: ތަރުޖަމާން
ލިޔުން:
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައްވާ ކޯލިޝަނުގައި ބައިވެރިވާން ދީފައިވާ ދައުވަތަށް ޖުމްހޫރީ ޕާޓީން އަދި ޖަވާބެއް ނުދޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލް ކުރައްވާ، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މިހާރު ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ ޕާޓްނަރުންނަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި އަދި އެހެން ބައެއް ބޭފުޅުންނަށް ވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި އެ ދައުވަތަށް ޖޭޕީން އަދި ޖަވާބެއް ނުދޭ ކަމަށެވެ.
"ކޯލިޝަން އެކުލަވައިލަން، ރައީސް ވަނީ ކޯލިޝަންގައި މިހާރު ހިމެނޭ ކޯލިޝަން ޕާޓްނަރުންނަށް ވެސް ދައުވަތު ފޮނުވާފައި. ދެން އެހެން ބައެެއް ބޭފުޅުންނަށާ އެއްކޮށް ދައުވަތު ފޮނުއްވީ. އެއަށް އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވޭ،" މިއުވާން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން ތެރޭގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އިއްޔެ ވިދާޅުވި ވިދާޅުވުން ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތަކާ މެދު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން، ސަރުކާރު ހިންގެވުން. އެކަމަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާ އެކު ރައީސް ކުރިއަށް ވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި ތިއްބަވައިގެން، ރައީސާ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ކުރިއަށް ވަޑައިގެންނެވުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
