މާލެ: 31°C

ސީއެމްޑީއޭއާއި ޕީސީބީން ކޯޕަރޭޓް ގަވަރނަންސް ހާމަނައިޒްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސީއެމްޑީއޭއާއި ޕީސީބީން ކޯޕަރޭޓް ގަވަރނަންސް ހާމަނައިޒްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
June 5, 2023
2 ފަހަރު ބަލާފައި
ސީއެމްޑީއޭއާއި ޕީސީބީން ކޯޕަރޭޓް ގަވަރނަންސް ހާމަނައިޒްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކޯޕަރޭޓް ގަވަނަންސް ކޯޑު ހާމަނައިޒްކުރުމާއި އިތުރަށް ފުރިހަމަކުރުމަށް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސީއެމްޑީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކުއެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދު އެވެ. https://twitter.com/CMDA_MV/status/1665654751281954817 ސީއެމްޑީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ފަރާތުންވެސް ފާހަގަކުރާއްވާފައިވަނީ މީ މުހިންމު ފެށުމެއްކަމަށާއ،ި ކޯޕަރޭޓް ގަވަނަންސް އިތުރަށް ހަރުދަނާ ކޮށް އޮތުމަކީ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށްވެސް ނުހަނު ބޭނުންތެރިކަމެއްކަމަށެވެ. އަދި މި ފެށުމާއި އެކުގައި ކުރިމަގުގައި މިދާ އިރާ ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެވިގެންދާ ނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ބަޔާނުގައިބުނެފައި ވެއެވެ. ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، މި އެއްބަސް ވުމުގެ ދަށުން ދެ މުއައްސަސާއިން ކުރަން ނިންމާފައިވާ ކަންތަށް ތަކުގެ ތެރޭގައި، މިހާރު ސ.ީ އެމ.ްޑ.ީއޭ އަދި ޕ.ީސ.ީބީން އެކުލަވާލައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑު ނުވަތަ ގަވާއިދު ހަރުދަނާ ކުރުމަށް ދިރާސާ ކުރުމާއި އެގޮތުން ގެންނަން ހުށަހަޅާ އިސްލާހު ހިމެނޭ ކަރުދާހެއް އެކުލަވާލައި ދެ މުއައްސަސާ އާއި ހިއްސާ ކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަޔާނުގައިވަނީ، ސ.ީއެމ.ްޑ.ީއޭ އަދި ޕީ.ސީ.ީބީން އެކުލަވާލައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވާނަންސް ކޯޑު ނުވަތަ ގަވާއިދު ހާމަނައިޒްކުރުމާއި ގުޅޭގޮތުން ދިރާސާ ކޮށް އެކަންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަރުދާހެއް އެކުލަވާލައި ސ.ީއެމ.ްޑ.ީއޭ އަދި ޕ.ީސ.ީބީއާއި ހިއްސާ ކުރުމުގެ އިތުރުން، ސ.ީއެމ.ްޑ.ީއޭ އާއި ޕ.ީސ.ީބީން ސިންގަލް ކޯޕަރޭޓް ގަވަނަންސް ކޯޑު ނުވަތަ ގަވާއިދު އެކަށަޅިދާނެތޯ ބަލައި އެމަގަށް މަސައްކަތްކުރެވެން އޮތްނަމަ މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. މި އެމްއޯޔޫގެ ދަށުން ދެ މުއައްސަސާއިން އެއްބަސްވެފައިވަނީ ކޮންމެ ފަރާތަކުންވެސް ތިން މެންބަރުން ހިމެނޭގޮތުން ކޯޕަރޭޓް ގަވަނަންސް އިންޓަރއޯގަނައިޒޭޝަނަލް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއިން އެއްބަސްވާ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ