ކްލަބު ޓީނޭޖުން ބައިބަލާ ކާމިޔާބު ކުރުމާ ގުޅިގެން މާލޭގައި ހަވާ އަރުވަނީ

ކްލަބު ޓީނޭޖުން ބައިބަލާ ކާމިޔާބު ކުރުމާ ގުޅިގެން މާލޭގައި ހަވާ އަރުވަނީ
ލިޔުން:
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދުމާ ގުޅިގެން އެކަން ކުލަގަދަކޮށް ފާހަގަ ކުރަން މާދަމާރޭ މާލޭގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
މާދަމާރޭ 9 ޖަހާއިރު ހަވާ އަރުވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސިފްކޯގެ އެހީތެރިކަމާ އެކު އުސްފަސްގަނޑު ސަރަހައްދުގައެވެ.
ޝުމްބާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އުސްފަސްގަނޑުގައި ހަވާ އަރުވަން ނިންމީ، ބައިބަލާގައި ޓީނޭޖަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް ކަމަށެވެ. އެހެން ކަމުން އެ ހަފްލާ އަށް މާލެ ސިޓީގައި ދިރިއުޅޭ ކުދިބޮޑު އެންމެނަށް ވަނީ ޓީނޭޖް ގެ ފަރާތުން ދައުވަތު އަރުވާފައެވެ.
https://twitter.com/shumbagong/status/1653402992643809285?s=48&t=uQCZRj9B9MnPdws6EolbBQ
ފައިނަލް މެޗު ޓީނޭޖުން ކާމިޔާބު ކުރީ ހުޅުމާލެ ސްޕޯޓްސްއާ ވާދަކޮށް ދެ ގޭމުން މޮޅުވެގެންނެވެ. ޓީނޭޖް ވަނީ މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގައި ފައިނަލް ކުޅެ، ރަނަރަޕް ކަން ހޯދައިފައެވެ. މީ ޓީނޭޖުން ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. ޓީނޭޖުން ވަނީ މި މުބާރާތް 2001، 2004، 2017 ވަނަ އަހަރު ވެސް ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
