މާލެ: 31°C
ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ

ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ

July 23, 2024
2 ފަހަރު ބަލާފައި
ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދަނީ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމުންގެ ހިޔާލު ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ބުނީ ސިވިލް ސަރވިސް މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާއިން އެ ހިދުމަތްތައް އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކޮމިޝަންގެ އަމާޒު ކަމަށެވެ. އަދި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، އިދާރާތައް ހިންގުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓޭނެ ފަސޭހަ ނިޒާމުތައް ގާއިމް ކުރުމަކީ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ. މިއާއެކު އެ ކޮމިޝަނުން އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޝަންގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ. އަދި މި މަސައްކަތް ކުރުމުގައި އާންމު ރައްޔިތުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަަމަށްވެސް ބުނެވެފައިވެއެވެ.

އެ ކޮމިޝަނުން ވަނީ ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަން ފެންނަ ހިޔާލެއް އޮތްކަމުގައި ވާނަމަ، ހިޔާލެއް ކޮމިޝަނުގެ lad@csc.gov.mv އީމެއިލް އެޑްރެހަށް ނުވަތަ ކޮމިޝަނަށް، އަންނަ މަހުގެ 31 ގެ ކުރިން ފޮނުވުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ