މާލެ: 31°C

ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސް އިސްތިއު ދެއްވައިފި

March 11, 2025
182 ފަހަރު ބަލާފައި
ސިވިލް  ސާވިސް ކޮމިޝަންގެ ނައިބް ރައީސް އިސްތިއު ދެއްވައިފި
ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރަޝީދު ސީއެސްސީގެ ނައިބް ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން "އެކސް" ގައި ކުރި ޕޯސްޓަކުން ވަނީ ޔަގީންކޮށްދީފަ އެވެ.

އޭނާ ކުރެއްވި ހިދުމަތަށް ސީއެސްސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސީއެސްސީގެ ނައިބް ރައީސްގެ މަގާމުން ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ވަކިކުރުމުގެ މަސައްކަތުގެ މަރުހަލާ ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

އެކަމަކު އޭނާ ވަކިކުރުމުގެ މަަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސީއެސްސީގެ ނައިބް ރައީސް ކަމަށް ރަޝީދު އައްޔަންކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ