މާލެ: 31°C

ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓުން ދަށުން ލިބުނު މީހުންނަށް ފްލެޓް ދޭން ނިންމައިފި

ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓުން ދަށުން ލިބުނު މީހުންނަށް ފްލެޓް ދޭން ނިންމައިފި
June 22, 2023
2 ފަހަރު ބަލާފައި
ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓުން ދަށުން ލިބުނު މީހުންނަށް ފްލެޓް ދޭން ނިންމައިފި
ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓްދިނުމަށާއި ހުސްވެފައިވާ ފްލެޓްތައް ލިސްޓު ތަރުތީބުން ދެން ތިބި މީހުންނަށް ދޭން ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ނިންމަވައިފިއެވެ. އެގޮތުން އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ގޮތްތަކެއް ނިންމަވާފައި ވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ވަޒީރުން މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާރކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓްހަވާލުކުރުމާ މެދު ގޮތެއް ނިންމެވުމަށެވެ. ސިވިލް ސަރވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސަރވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް އަދަދު ކަނޑައަޅައިގެން ކުރިޔަށްގެންގޮސްފައިވާ ކެޓަގަރީއެކެވެ. އެހެންކަމުން، ރައީސް އޮފީހުން ބުނީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 ފަރާތައް ފްލެޓް ހަވާލުކުރުމަށެވެ. އެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް، ރިޒާވް ލިސްޓުން މާކްސް ތަރުތީބުން ދިނުމަށް ވެސް ނިންމައިފައެވެ. އެހެންވެ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން މި އަދަދަށް އިތުރު ބަޔަކަށް ފްލެޓް ދޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ