
ސިވިލްކޯޓް މެދުވެރިކޮށް ދައުލަތުގެ އުސޫލާއި އެއްގޮތަށް ޖޫރިމަނާ ފައިސާ އަހުމަދު އަދީބު ދައްކަވަނީ!
ސިވިލްކޯޓް މެދުވެރިކޮށް ދައުލަތުގެ އުސޫލާއި އެއްގޮތަށް ޖޫރިމަނާ ފައިސާ އަހުމަދު އަދީބު ދައްކަވަނީ!
ލިޔުން:
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ ހޯދަން އެޓާނީ ޖެނަރަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފި އެވެ.
މިއަދު އޮތް އަޑުއެހުން ފައްޓަވަމުން ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ އަދީބުގެ ފަރާތުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަޔާންކޮށް މިދިޔަ ބުދަދުވަހު ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ސާދިން މުހައްމަދު ރަޝީދު ވަނީ އެފަދަ ސިޓީއެއް އޭޖީއަށް ވެސް އަދީބުގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭޖީ އޮފީހުގެ ފައިސާ ދެއްކުމުގެ އުސޫލު ކޯޓުގައި ބަޔާން ކުރުމުން އަދީބުގެ ލޯޔަރު ވިދާޅުވީ އެއީ ރަންގަޅު ހުށަހެޅުމެއްކަމަށެވެ. އަދި މިނިވަން ނޫޙުން ގުޅާލުމުން އަދީބުގެ ލޯޔަރުން ވިދާޅުވެފައި ވަނީ ދައުލަތުގެ އުސޫލާއެއްގޮތަށް ފައިސާ ދައްކަން އަހުމަދު އަދީބު ވަނީ އެއްބަސްވެ އެކަން ދައުލަތަށާއި ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެންމެނަށްވެސް އޮންނަ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާދައްކަން އަދީބަށް ފުރުސަތުއޮތްކަން ކޯޓްގައި ދައުލަތުން ވަނީ ބުނެފައެވެ.
އެހެންވެ ސިވިލްކޯޓްމެދުވެރިކޮށް އަހުމަދު އަދީބު ދައްކަން ޖެހޭ ފައިސާ ދައުލަތަށް ދަންކަން ވަރަށް އަވަހަށް ހަމަޖެހޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
