އާރޓިފިޝަލް ބީޗް ސަރަޙައްދުގައި މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިސްޓަރ މަރ ޒުއޮޒިންއެވެ.
މި މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށްފަހު މުއިއްޒު ވިދާޅުވީ މިއަދު މި އިފްތިތާހް ކުރެވުނީ ވަރަށް މުހިންމު މަޝްރޫއުއެއްކަމަށާއި، މިއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް ދެއްވި ހަދިޔާއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް ވަނީ "ސްމާރޓް ސްޓްރީޓް ލައިޓް"ގެ 10 ޕޯލް ޖަހާފައެވެ. އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައެވެ. އެއަށްފަހު އެތެރޭގެ މަގުތަކުގައިވެސް އިތުރު ޕޯލްތައް ހަރުކުރެވޭނެއެވެ.
"ސްމާރޓް ސްޓްރީޓް ލައިޓް"ގެ ތަފްސީލް ދެއްވަމުން މޭޔަރ ވިދާޅުވީ މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް،އަދި ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވަރމަންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއްކަމަށެވެ.
https://twitter.com/MaleCitymv/status/1635286422742798337?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635286422742798337%7Ctwgr%5Efc57d6ecafb01061d3ec28eef07cae3b0ffbecc2%7Ctwcon%5Es1_&ref_url=https%3A%2F%2Fmalecity.gov.mv%2Fnews%2F330 މުއިއްޒު ވިދާޅުވީ މި ޕޯލްތަކުގެ ބޭނުމަކީ ކައުންސިލުން ބޭނުންވާ ޕަބްލިކް މެސެޖްތައް ދިނުމާއި، މުޖްތަމަޢުއަށް ބޭނުންވާ މުހިންމު މެސެޖްތަކާއި، އަދި ދީނީ އިރުޝާދުތަކާއި، ދީނީ ނަޞޭޙަތްތަކުގެ އިތުރުން ދުއާތައް ވެސް މި ޕޯލް މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ވިޔަފާރީގެ އުސޫލުން އިޝްތިހާރު ދެއްކޭނެ ގަވާއިދެއް ފާސްކޮށް އެ ފުރުސަތުވެސް ކުރިއަށްއޮތްތަނުގައި ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، އެކަމަށް އުސޫލެއް ކަނޑައަޅާ އިއުލާން ކުރެވޭނެކަމުގައި ވެސް މުއިއްޒު ވަނީ ވިދާޅުވިއެވެ. "މި ބޭނުންވަނީ މާލެސީޓީގެ މަސްރަޙަށް މޮޑަރން ރީތި ލުކެއް އަންނަން މި ޕްރޮޖެކްޓް ނިމޭއިރުގަ، އަދި މިއީ ފެށުމެއް" މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އުންމީދަކީ ކުރިއަށްއޮތްތަނުގައިވެސް މިކަމުގައި އިތުރު އެހީތެރިކަން ލިބި ކައުންސިލްގެ ޕްލޭންގައިއޮތް ގޮތަށް މިކަންވެގެން ދިއުންކަމަށެވެ. އަދި ޔުނާން ޕްރޮވިންސްގެ މި އެހީތެރިކަމަށްޓަކައި މުއިއްޒުވަނީ އެ ޕްރޮވިންސްއަށާއި، ފޮރިން މިނިސްޓްރީގެ އިތުރުން ޗައިނާ ގަވަރުނަރަށް ޝުކުރު ދަންނަވާފައެވެ.






