މާލެ: 31°C

ސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފި

ސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފި
June 21, 2023
2 ފަހަރު ބަލާފައި
ސިޓީ ކައުންސިލްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފި
މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކަށް ހެދުމަށާއި، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލް ލެވެލްގައި މުހިންމު ނިންމުންތައް ނިންމާގޮތަށް އިދާރީ ހިންގުމަށް މުހިންމު ބަދަލެއް ގެނައުމަށް ފާސްކޮށްފިއެވެ. މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި މި ބަދަލު ގެނައުމަށް ފާސްކޮށްފައިވަނީީ މިއަދު ބޭއްވި މާލެސިޓީ ކައުންސިލްގެ 107 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. މުއިއްޒު ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަން ބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިހާރުވެސް އެ ކައުންސިލުން އަމަލުކުރަމުންދަނީ އެ އުސޫލުގެ ދަށުން ކަމަށާއި، ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައިވެސް އެފަދައިން އަމަލުކުރެވިފައިވާ ކަމަށެވެ.

"މިއީ މިހާރުވެސް އަމަލުކުރަމުންދާ ގޮތް. މީގެކުރިން ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް މުވައްޒަފުން ނެގީވެސް ކައުންސިލް ޖަލްސާއަށް ހުށަހެޅި ފާސްވެގެން އަދި ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައިވެސް އެފަދައިން އަމަލުކުރެވިފައިވޭ." މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މޭޔަރު ފާހަގަކުރެއްވީ ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް އެގޮތަށް އެ ފުރުސަތު ކައުންސިލްތަކަށް ދީފައިވާ ކަމަށެވެ. އެހެންކަމުން، އެއީ އަބަދުވެސް އަމަލުކުރަމުންދާ އުސޫލު ކަމަށްވީ ނަމަވެސް، ކައުންސިލްގެ ރަސްމީ ނިންމުމެއް ނުވަތަ ޕޮލިސީއެއް ނެތުމާއިއެކު އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމަށް، އަދި އެ އުސޫލުތައް ރަސްމީ ކުރުމަށްޓަކައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް އެއީ ކައުންސިލްގެ ސިޔާސަތެއް ގޮތުގައި ކަނޑައެޅީ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ