ސިޓީ ކައުންސިލުގެ ހުއްދަނެތި މާލޭގައި ކެމްޕޭން ބެނާ ދަމާ ނަމަ ބޮޑު ޖޫރިމަނާއެއް!

ސިޓީ ކައުންސިލުގެ ހުއްދަނެތި މާލޭގައި ކެމްޕޭން ބެނާ ދަމާ ނަމަ ބޮޑު ޖޫރިމަނާއެއް!
ލިޔުން:
މާލޭ ސިޓީ ކައުންސިލްގެ ހުއްދަނެތި މާލޭގެ އާއްމު ތަންތަނުގައި ކެމްޕެއިން ބެނާ ދެމުމާއި ޕޯސްޓަރު ތައްކުރުމަކީ މަނާކަމެއްކަމަށާއި އެގޮތަށް ކަންތައް ކުރާ ފަރާތްތައް ދުވާލަކަށް 1،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އެކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކި އެކި ކަންކަމާ ގުޅިގެން މާލޭގެ އާއްމު ތަންތަނުގައި ބެނާ ދެމުމާއި ޕޯސްޓަރު ހިއްޕުން ފަދަ ކަންތައްތައް ކުރަން އެދޭ ފަރާތްތަކުން ސިޓީ ކައުންސިލަށް އެކަން ހުށަޅަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ އެތެރޭގެ އިންތިހާބުތަކުގައި ކެމްޕޭން ކުރުމަށް ބެނާ ދެމުމާއި ޕޯސްޓަރު ތަތްކުރުމުގެ ހުއްދައަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
"... މަތީގައި ދަންނަވާފައިވާ ބޭނުންތަކަށާއި (ކެމްޕޭން ކުރުމަށާއި) އެކި އެކި ކަންކަމާ ގުޅިގެން މާލޭ ސިޓީގައި ބެނާ ދެމުމަށާއި ޕޯސްޓަރު ހަރުކުރުމަށް އެދޭ ފަރާތަތަކުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމަށާއި މާލޭ ސިޓީކައުންސިލްގެ ހުއްދަ ނެތި މާލޭ ސިޓީގެ މަގުތަކާއި އާއްމު ތަންތަނުގައި ބެނާ ދެމުމާއި އިޝްތިހާރު ހިއްޕައި ހެދުމަކީ މަނާ ކަމެއް ކަމުގައި ދަންނަވަމެވެ،" ސިޓީ ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.
ކައުންސިލްގެ ހުއްދަ ނެތި ދަމާ ބެނާތަކާއި ޕޯސްޓަރުތައް ނަގައި ނައްތައިލާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ސިޓީކައުންސިލުން މިފަދަ އިއުލާނެއް ކޮށްފައި މިވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، އެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕޭނު ފަށަން ތައްޔާރުވާ ވަގުތެެއްގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
