
ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އަލުން ހުށަހަޅައިފި
ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އަލުން ހުށަހަޅައިފި
ލިޔުން:
މާލޭގެ މަގު ކޮނުމާއި މަގުމަތީގައި ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން ފީ ނަގަން ނިންމި އުސޫލު ބާތިލުކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ އިސްލާހުކުރުމަށް ފަހު އަލުން ހުށަހަޅައިފި އެވެ.
ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ އޭރު ވިދާޅުވީ މައްސަލަ ހުށަހަޅާ ގާނޫނީ ސަބަބުތައް މައްސަލަ ހުށަހަޅާ ފޯމާ އެކީ ތަފްސީލުކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އިއްޔެ އަލުން މައްސަލަ ހުށަހެޅީ އިސްލާހުކޮށްފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓުން ދީފައިވާ އިރުޝާދުގެ އަލީގައި އެ މައްސަލަ އަލުން ހުށަހަޅާފައިވާ ކަމަށެވެ.
https://twitter.com/haleembai/status/1623233956937371649
ސްޓެލްކޯ އިން ކޯޓަށް ހުށަހެޅި ދެ އުސޫލަކީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.
ސްޓެލްކޯ އިން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާ މަޝްވަރާކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެއީ ބާތިލް އުސޫލުތަކެއްކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
