
ސިނަމާލެ ބްރިޖް ހެދި ކުންފުނީގެ ވެރިން ޗައިނާގައި ރައީސްއާ ބައްދަލުކޮށްފި
ސިނަމާލެ ބްރިޖް ހެދި ކުންފުނީގެ ވެރިން ޗައިނާގައި ރައީސްއާ ބައްދަލުކޮށްފި
ލިޔުން:
މާލެ އާއި ހުޅުލެއާ ދެމެދު ސިންމާލެ ބްރިޖް އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) ގެ ވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް ޑރ މުއިއްޒު މިހާރު ގެންދަވަނީ ގިނަ މިނިސްޓަރުންނާއި އިސް ވެރިން ހިމެނެ ދިވެހި ބޮޑު ވަފުދަކއެކު ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.
ރޭ ރައިސް ވަޑައިގެންނެވި އެދަތުރުފުޅުގައި، ޗައިނާގެ އެކި ފަރާތްތަކާ އެކު ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް ވެސް މިއަދު އެމަނިކުފާނު ޒިޔާރަތްކުރެއްވި އެވެ. އެ ޒޯނުގެ ތައާރަފު ވީޑިއޯއެއް ބައްލަވާލެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެ ތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
[embed]https://twitter.com/presidencymv/status/1744319211655274872[/embed]
ސިނަމާލެ ބްރިޖަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
