މާލެ: 31°C

އެއާޕޯޓުން ވަގަށް ސިނގިރޭޓް ނެެރެން އުޅުނު ފުލުސް މީހާ ސަސްޕެންޑް ކޮށްފި

March 27, 2025
302 ފަހަރު ބަލާފައި
އެއާޕޯޓުން ވަގަށް ސިނގިރޭޓް ނެެރެން އުޅުނު ފުލުސް މީހާ ސަސްޕެންޑް ކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ ޑިޕާޗާ ޓާމިނަލުން ޑަސްބިނުގައި ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ ޑިޕާޗާ ޓާމިނަލުން ޑަސްބިނުގައި ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ސާޖަންޓް ޔޫސުފް ނަޒީރު، 38 މިހާރުވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީ ސަސްޕެންޝަނުގެ މުއްދަތުގައި މުސާރަ ނުލިބޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ސިނގިރެޓް ބޭރު ކުރަން އުޅުނު މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ބަންދާމެދު ގޮތެއް ނިންމަން  ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޝަރުތުތަކާއެކު އެ 2 މީހުން ދޫކޮށްލާފައެވެ.

ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ