މާލެ: 31°C

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްްކާތެރިވާން އެޗްޕީއޭގެ އިލްތިމާސެއް

December 26, 2022
2 ފަހަރު ބަލާފައި
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްްކާތެރިވާން އެޗްޕީއޭގެ އިލްތިމާސެއް
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްްކާތެރިވާން އެޗްޕީއޭގެ އިލްތިމާސެއް
ސްކޫލު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށާއި، ރަށް ރަށަށް ފުރާ މީހުން އިތުރުވުމާއި، ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅުން އިތުރުވެގެން ދާނެ ކަމުން މި ދުވަސްކޮޅު ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ( ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ސަރަހައްދުގެ ގައުމުތަކުގައި ކޮވިޑް-19 އިތުރުވާ ކަން ފާހަގަ ކުރެވިފައި ނުވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އެބަލި އިތުރުވަމުންދާ ކަމަށެވެ.  ރާއްޖޭގައި ހޭންޑު ފުޑް އެންޑް މައުތު ބަލި، އަރިދަފުސް ރޯގާ، ލޮލު ރޯގާ އާންމުކޮށް އުޅޭ ވަރަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ރާއްޖޭގައި ޑެންގޫ ހުމާއި އެހެނިހެން ބަލިތައް ވެސް އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުންޏެވެ. އެހެންވެ، ބަލިތަކުން ރައްކާތެރިވާން ކުރަންވީ ގިނަ ކަންތަކެއް އެޗްޕީއޭގެ ބަޔާނުގައި އިރުޝާދުގެ ގޮތުގެ ގޮތުގައި ހިމަނާފައި ވެ އެވެ. ކޮވިޑް-19 އަދި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް:
  • ރާއްޖޭން ބޭރަށް ދަތުރުކުރާ އިރު ކޮވިޑް ވެކްސިނުގެ ޑޯޒްތައް ހަމަކުރުން
  • ގިނަ މީހުން އެއްވާ ތަންތަނަށް ދާއިރު އަދި ދަތުރުކުރާ އިރު މާސްކް އެޅުން
  • ރޯގާ ޖެހިއްޖެ ނަމަ މާސްކް އަޅައިގެން އުޅުން
  • ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
  • ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި ކުދިން ނޫރުން
  • ބަލިވުމުން ނުރައްކާ ބޮޑުވާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން އަދި ޑޮކްޓަރަށް ދެއްކުން
  • ހޭންޑް ސެނިޓައިޒާ ބޭނުންކުރުން
ހޭންޑް ފޫޓް އެންޑް މައުތުން ރައްކާތެރިވުމަށް:
  • ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮވުމާއި އާއްމު ސާފުތާހިރުކަމަށް ސަމާލުވުން
  • އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ރަނގަޅަށް ސާފުކުރުން
  • ބަލިޖެހިފައިވާ ކުދިން އެހެން ކުދިންގެ ތެރެއަށް ނުގެންދިއުން
  • ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރަނގަޅު ގޮތުގައި ނައްތައިލުން
ލޮލު ރޯގާއާއި ޑެންގޫ އަދި ބޭރަށް ހިންގުމުން ސަލާމަތް ވުމަށް ރަައްކާތެރި ކަމުގެ ގޮތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ ބަޔާނުގައި ހިމަނާފައި ވެ އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ