
ޗުއްޓީއާ ދިމާކޮށް ކަނޑުއުޅަނދުފަހަރުގެ ރައްކާތެރިކަން ހުރި ގޮތް ސިފައިން ބަލަނީ
ޗުއްޓީއާ ދިމާކޮށް ކަނޑުއުޅަނދުފަހަރުގެ ރައްކާތެރިކަން ހުރި ގޮތް ސިފައިން ބަލަނީ
ލިޔުން:
ސްކޫލްތަކުގެ ފުރަތަމާ ޓާމް ޗުއްޓީގައި މާލެއާ އެހެން ރަށްތަކާ ދެމެދު ކުރާ ދަތުރުތައް އިތުރުވެފައި ވާތީ ކަނޑު އުޅަނދު ފަހަރުގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޅަނދު ފަހަރުގައި އަޅާފައިވޭތޯ ބެލުމުގެ އޮޕަރޭޝަނެއް ކޯސްޓްގާޑުން ފެށީ ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި މި ދުސްވަރު ރާއްޖޭގެ މޫސުން ގޯސްވީމާ ކަމަށެވެ. "އޮޕްސް ހަޅަ" ގެ ނަމުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ބަލާނީ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެވެ. މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުން އޭގެ ތެރޭގައި ހިމެނެ އެވެ.
"... މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ،" އެމްއެންޑީއެފުން މީޑިއާތަކަށް މިއަދު ފޮނުވި މައުލޫމާތުގައި ބުންޏެވެ.
އިއްޔެއިން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން އަންނަ ޖެނުއަރީމަހުގެ އަށް ވަނަ ދުވަހާ ހަަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
