މާލެ: 31°C

ޗުއްޓީ ތެރޭގައިވެސް ދީނީ ކަންކަމަށް ކުދިންނަށް ބާރުއެޅުމަށް ނައިބް ރައީސް އެދިވަޑައިގެންފި

ޗުއްޓީ ތެރޭގައިވެސް ދީނީ ކަންކަމަށް ކުދިންނަށް ބާރުއެޅުމަށް ނައިބް ރައީސް އެދިވަޑައިގެންފި
June 20, 2023
2 ފަހަރު ބަލާފައި
ޗުއްޓީ ތެރޭގައިވެސް ދީނީ ކަންކަމަށް ކުދިންނަށް ބާރުއެޅުމަށް ނައިބް ރައީސް އެދިވަޑައިގެންފި
ޗުއްޓީ ތެރޭގައިވެސް ކުދިންލައްވައި ކަންކަންކުރުވައި ކަންކަން ދަސްކޮށްދިނުމަށް މަސައްކަތްކުރުމާއި ހާއްސަކޮށް ދީނީ ކަންކަމަށް ކުދިންނަށް ބާރުއަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މުހައްމަދު ގާސިމް ޕްރީސްކޫލްގެ ގްރެޖުއޭޝަން 2022-2023 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ހޯލުގައެވެ. ނައިބް ރައީސްގެ ވާހަކަފުޅުގައި ކުދިންގެ ހުރި ހުނަރުތައް ދެނެގަނެ އެކަންކަން ތަރައްގީކުރުމުގައި ބެލެނިވެރިން ބާރުއަޅައިދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ކުދިންނަކީ މަސައްކަތްތެރި ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ސްކޫލުތަކާއި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ގައުމަށް ހިދުމަތްކުރާ ދަރިންތަކެއް އެކުލެވޭ ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދިނުމަަށް ވެސް އެދިވަޑައިގެންފައެވެ. އެ ޖަލްސާގައި، ޔޫ.ކޭ.ޖީ 1 އިން ފެށިގެން ޔޫ.ކޭ.ޖީ 8 އާ ހަމައަށް ހުރިހާ ކްލާސްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ނައިބް ރައީސް އެވެ. މުހައްމަދު ގާސިމް ޕްރީސްކޫލަކީ 2021 ވަނަ އަހަރު އޮކްޓޫބަރ 24 ގައި ހުޅުވުނު ޕްރީސްކޫލެކެވެ. މިހާރު 462 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު އޭގެ ތެރޭގައި ހާާއްސަ އެހީއަށް ބޭނުންވާ 36 ކުއްޖަކުވެސް ހިމެނެއެވެ. މި ސްކޫލުގެ ގްރެޖުއޭޝަން 2022-2023 ގައި ޖުމްލަ 198 ދަރިވަރުން ގުރެޖުއޭޓްވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ