ރާއްޖޭގެ މީޑިއާތަކާއިއެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ރާއްޖޭއަށް ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ފަސޭހަ ކުރުމަށްޓަކައި ދެގައުމުގެ ޓެކްނިކަލް ސްޓާފުން މަޝްވަރާތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ރީސްޓްރަކްޗާ ކޮށްފިނަމަ އިތުރަށް ޗައިނާއިން ފައިސާގެ އެހީތެރިކަން ހޯދުމަށް ރާއްޖެއަށް އުނދަގޫވެދާނެ ކަމަށާއި އެހެންކަމުން ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ޗައިނާގެ ދަރަނި 1.3 ބިލިއަން ޑޮލަރުގައި، ދަރަނި ރީސްޓްރަކްޗަކޮށްދިނުމުގެ ވިސްނުމެއް ނެތް
ރާއްޖޭގައި ޗައިނާގެ ދަރަނި 1.3 ބިލިއަން ޑޮލަރުގައި، ދަރަނި ރީސްޓްރަކްޗަކޮށްދިނުމުގެ ވިސްނުމެއް ނެތް
ލިޔުން:
ރާއްޖޭގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ޗައިނާއިން ވަނީ 1.37 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވާނއިރު، މިއީ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނީގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ޗައިނާ އިން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ޗައިނާއިންވެސް އިސްކަން ދެނީ ދަރަނި އިތުރު ނުވާނެހެން މަޝްރޫއުތަކަށް ފައިސާގެ ހިލޭ އެހީ ދޭން ކަމަށް ސަފީރު ވޭންގް ވިދާޅުވި އެވެ.
ޗައިނާއިން ދޭ އެހީ އަކީ ދަރަނީގެ ދަންތުރައެއް ކަމަށް ދެކެވޭ ވާހަކަައަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެހީ ފޯރުކޮށްދެނީ އަމިއްލަ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި ރާއްޖެއަށް އަބަދުވެސް އިހުތިރާމު ކުރާކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
"ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓުއަރިޒަމް އަށް އެކަނި ބަރޯސާ ނުވެ ކުރެވޭނެ އައު ކަންކަން ދެނެގަނެ ލޯނު ނުނަގައި ގައުމަށް އާމްދަަނީ ވަންނާނެ ކަންކަން ކުރުމަކީ މުހިންމު ކަމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ. އާމްދަނީ ހޯދުމުގެ މުހިންމުކަމާއި ކޮންމެ ކަމެއް ލޯނު އެހީގައި ކުރުމަށް ބަރޯސާ ވުމަކީވެސް ރަނގަޅު ކަމެއް ނޫންކަމަށް ވޭންގް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
