
ޗައިނާއިން ރާއްޖެއަށް 10 ޕިކަޕް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް 10 ޕިކަޕް ހަދިޔާކޮށްފި
ލިޔުން:
ޗައިނާގެ ޝަންގް ޑޮންގް ޕްރޮވިންސްއިން ރާއްޖެއަށް މުނިސިޕަލް މަސައްކަތަށް 10 ޕިކަޕް ހަދިޔާކޮށްފިއެވެ.
މި ޕިކަޕްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. އަދި ޗައިނާގެ ފަރާތުން ޕިކަޕްތައް ހަދިޔާ ކުރުމުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ.
މި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މި ޕިކަޕްތައް ބޭނުން ކުރާނީ އެ ވުޒާރާގެ ދަށުން ރާއްޖޭގެ 7 ސަރަހައްދުގައި މިވަގުތު ހިންގަމުންދާ ޕަބްލިކް ވޯކް ޔުނިޓްތަކުގައި ކަމަށެވެ. އަދި ޕިކަޕްތައް އެ ޔުނިޓްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއީ ރައިސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ އެހީއެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ފަރާތުން ހިލޭ އެހީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ދެ ގައުމުގެ ދެމެދު ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި 17 ރަށަކަށް ބޭނުންވާ ލެބޯޓަރީ ވަސީލަތާއި، 1500 ޓަނުގެ ބޯފެން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
