މާލެ: 31°C

ޗައިނާއިން ފަތުރުވެރިން އައި އަދަދު އިތުރުވެއްޖެ

ޗައިނާއިން ފަތުރުވެރިން އައި އަދަދު އިތުރުވެއްޖެ
April 29, 2023
2 ފަހަރު ބަލާފައި
ޗައިނާއިން ފަތުރުވެރިން އައި އަދަދު އިތުރުވެއްޖެ
މިދިޔަ ހަފްތާގައި ރާއްޖެއަށް ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު އިތުރުވެ، މިއަހަރު މިހާތަނަށް 27،700 ފަތުރުވެރިން އެގައުމުން ރާއްޖެ އައިސްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު ޗައިނާ އަކީ 7 ވަނައަށް އެންމެގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށި ފަހުން 27،700 ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާ އިރު މިދިޔަ ހަފްތާގެ ކުރިން  ޗައިނާ އޮތީ މާކެޓުގެ 8 ވަނައިގަ އެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިއާ އާއި އިންޑިއާ އިންނެވެ. ރަޝިއާ އިން 79،1666 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %11.9) ޒިޔާރައްކުރި އިރު އިންޑިއާ  އިން 71،289 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ %10.7) އައިސްފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި  އިނގިރޭސިވިލާތުން އައީ 64،063 (ޖުމްލަ ފަތުރުވެރިންގެ %9.6) ފަތުރުވެރިންނެވެ. 

މިއަހަރު ޖުމްލަ 666،830 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %19.6 އިތުރު އަދަދެކެވެ.

ކޮވިޑް 19ގެ ކުރިން ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ވަނަ މާކެޓެކެވެ. ތިން އަހަރަށް ފަހު އެގައުމުން ފަތުރުވެރިން އަންނަން ފަށާފައިވާ އިރު ކުރިއާ އަޅާބަލާ އިރު ފަތުރުވެރިން އަންނަ އަދަދު މަދެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ