ޗައިނާ ހުޅުވައިލަނީ، ރާއްޖެ އޮތީ ދަތުރުތައް ފެށުމުގެ އިންތިޒާރުގައި

ޗައިނާ ހުޅުވައިލަނީ، ރާއްޖެ އޮތީ ދަތުރުތައް ފެށުމުގެ އިންތިޒާރުގައި
ލިޔުން:
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން ޗައިނާއިން އެޅި ހަރުކަށި ފިޔަވަޅުތައް ލުއިކޮށް، އެގައުމުން އެހެން ގައުުމުތަކަށް އަދި އެހެން ގައުމުތަކުން އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ދޭން އެގައުމުން ނިންމުުމުން ރާއްޖޭން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ދަތުރުވެރިންނަށް އަޅާފައިވާ ފިޔަވަޅުތައް އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ލުއިކުރާނެ ކަން ޗައިނާ ސަރުކާރުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު ފުރަތަމަ މަރުހަލާގައި ކަރަންޓީނުވުމަކާ ނުލައި ޗައިނާއަށް ދަތުރުކުރުމުގެ ހުއްދަ ދޭނީ ވޯކް ވިސާއާއި ސްޓަޑީވިސާގައި ދަތުރުކުރާ މީހުންނާއި އާއިލާގެ މެމްބަރުންނަށް ޒިޔާރަތްކުރާ ފަރާތްތަކަށެވެ.
ޗައިނާއަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ގަވައިދު ބަދަލުކުރި ނަމަވެސް އެގައުމަށް ދަތުރުކުރެވޭނީ ކޮވިޑަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާއެއް ލިބިފައި އޮންނަ މީހުންނަށެވެ. އަދި އެ ނަތީޖާ އަކީ 48 ގަޑިއިރު ނުވާ ނަތީޖާއަކަށް ވާން ޖެހޭނެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޗައިނާއާއި ރާއްޖެއާ ދެމެދު ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
" ކައިރި މުސްތަގުބަލެއްގައި ދެގައުމުގެ ދެމެދު ދަތުރުތައް ފަށަން ދިވެހިރާއްޖޭން އުއްމީދުކުރެ އެވެ. އަދި ޝައުގުވެރިކަމާ އެކު އިންތިޒާރުކުރަމުން އަންނަނީ ޗައިނާގެ ޓޫރިސްޓުންނަށް މަރުހަބާ ކިއުމަށެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ،
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ލިޖިން މިދިޔަ އަންގާރަދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން ގައުމުން ބޭރަށް ދަތުރުކުރުން ވަކި އުސޫލެއްގެ ދަށުން ވަަރަށް އަވަހަށް އަލުން ފެށޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗައިނާގެ ޓޫރިސްޓުންގެ އެންމެ މަގުބޫލު އެއް މަންޒިލަކީ އަަބަދުވެސް ދިވެހިރާއްޖެ ކަމަށް ވާނެ،" ވާން ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ބަލިމަޑުކަމާ އެކު ޗައިނާއާއި އެހެން ގައުމުތަކުގެ ބޯޑަރު ވެސް ބަންދުކުރި އެވެ. އޭގެ ފަހުން އެެހެން ގައުމުތައް ހުޅުވައިލި ނަމަވެސް ޗައިނާއިން ފިޔަވަޅުތައް ދެމެހެއްޓި އެވެ. އެހެންވެ މިދިޔަ ދެ އަހަރު ވެސް ޗައިނާއިން ރާއްޖެއަކަށް ޓޫރިސްޓުންނެއް ނާދެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
