ޗައިނާގެ މާކެޓްގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ވަރުގަދަކުރުމަށް ޗައިނާގެ އޮންލައިން ޓްރެވަލް ޕްލެޓްފޯމް ފްލިގީ އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ޗައިނާގެ މާކެޓްގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް ވަރުގަދަކުރުމަށް ޗައިނާގެ އޮންލައިން ޓްރެވަލް ޕްލެޓްފޯމް ފްލިގީ އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ލިޔުން:
ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާގެ މާކެޓުގައި ރާއްޖެ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ޗައިނާގެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމް އެއް ކަމަށްވާ ފްލިގީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވިލާ ނޯޓިކާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީއާރސީ ގެ ފަރާތުން އެމްއޯޔޫ ގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝިއުރީ އެވެ. ފްލިގީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ފްލިގީގެ ނައިބު ރައީސް ޓޮންގް ޓެންގް އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ފްލިގީ އާއެކު މި ހެދިގެންދާ ޕާޓްނަރޝިޕަށް ޓަކައި އަދި މިތަނުގެ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި، އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ރަނގަޅުވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.
ފްލިގީއަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓްފޯމެއްކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ ސަނީ ސައިޑް އޮފް ލައިފްގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް އިޝްތިހާރުކުރުމުގެ އިތުރުން ރާއްޖެ އަކީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެކަމަށެވެ.
އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްވެސް ބައިވެރިވެ ވަަޑައިގަންނާވފައެވެ. އަދި އެރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވާހަކަދައްކަވަމުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮންނަ ގާތްކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މިއަދުވެވުނު އެއްބަސްވުމުގެ ސަބަބުން ފުރުސަތު ލިބިގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
