
ޗައިނާގެ ކުރީގެ ރައީސްގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
ޗައިނާގެ ކުރީގެ ރައީސްގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
ލިޔުން:
ޗައިނާގެ ކުރީގެ ރައީސް ޖިއަންގް ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
އެދަފްތަރުގައި ރައީސް ލިއުއްވާފައިވީ ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާކަމަށާއި ޗައިނާގެ ކުރީގެ ރައީސް ޖިއަންގް ޒިމިންގެ ޒައާމަތުގައި އެގައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވާ ކަމަށް ވެސް އެ ދަފުތަރުގައި ރައީސް ލިއުއްވި އެވެ
ޖިއަންގް ޒިމިންގެ ޒައާމަތުގައި ޗައިނާއިން ބައިނަލްއަގުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް ރައީސް ތައުރީފްކުރެއްވިއެވެ.
ޖިއަންގް ޒިމިން އަކީ 1989 އިން 2002 އަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ޗައިނާގެ ރައީސްކަން ކުރެއްވީ 1993 އިން 2003 އާ ހަމަށެވެ. ޖިއާންގް ޒެމިން އަވަހާރަވީ މިދިޔަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
