މާލެ: 31°C

ޗައިނާ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

January 27, 2025
371 ފަހަރު ބަލާފައި
ޗައިނާ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި
މިމަހުގެ 13 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއަކު ގެއްލިގެން ފުލުހުން ހޯދަން އިއުލާނުކޮށްފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ޓޫރިސްޓް ވިސާގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއަކު ގެއްލިގެން ފުލުހުން ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ޓުރިސްޓް ވިސާގައި ރާއްޖެއައި ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން 2025 ޖަނަވަރީ 22 ވަނަ ދުވަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މިހާނަށް ހޯދުނު ހޯދުންތަކުން އުމުރުން 30 އަހަރުގެ ސޫ ޒިއޯނިންގ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަމަށާއި، އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށާއި ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ