މާލެ: 31°C
ޗައިނާ ދަތުރުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިގެންދިޔަ: ރައީސް ޑރ.މުއިއްޒު

ޗައިނާ ދަތުރުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިގެންދިޔަ: ރައީސް ޑރ.މުއިއްޒު

January 13, 2024
3 ފަހަރު ބަލާފައި
ޗައިނާ ދަތުރުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިގެންދިޔަ: ރައީސް ޑރ.މުއިއްޒު
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ހެދުމަށެވެ. ރައީސް ވިދާޅުވީ މީގެ އިތުރުންވެސް އުމްރާނީ ތަރައްޤީގެ އެކި ކަންކަމަށް މި ފައިސާއިން ހޭދަ ކުރެވިގެންދާނޭ ކަމަށެވެ. "މީގެ އިތުރުން މި ދަތުރުފުޅުގައި ރަސްމާލޭގައި 36،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތްކުރުމަށްޓަކައި އެކަމަށްޓަކައި ވާންޖެހޭ އެއްބަސްވުމާއި، ވެލާނާ އެއާޕޯޓް ސަރުކާރުން ޕްލޭންކޮށްފައިވާގޮތަށް ތަރައްޤީކުރުމަށްވެސް ވަނީ އެއްބަސްވުންތައް ހެދިފައި" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. https://twitter.com/presidencymv/status/1746122420115873993 ރައީސް ވިދާޅުވީ ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި އެގައުމަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއްވެސް ހަމަޖެއްސުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު މަޝްވަރާ ކޮށްފައިވާކަމަށެވެ. ރައީސް ޑރ.މުއިއްޒު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ، ބޭރުގައުމެއްގެ ރައީސަކު މިއަހަރުގެ ތެރޭގައި އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ