
ޗިކަންގުންޔާ ފެތުރޭ މިންވަރު ވަރަށްބޮޑަށް އިތުރުވެއްޖެ. ސަމާލްވޭ!
ޗިކަންގުންޔާ ފެތުރޭ މިންވަރު ވަރަށްބޮޑަށް އިތުރުވެއްޖެ. ސަމާލްވޭ!
ލިޔުން:
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިދުވަސްވަރު ޗިކަންގުންޔާ ފެތުރެމުންދާތީވެ، ސަމާލުވުމަށް ސިއްހަތާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ސޯޝަލްމީޑިއާގައި ހެލްތް މިނިސްޓަރު ޑރ.ޢަބްދުﷲ ހަލީލް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޗިކަންގުންޔާ ފެތުރެމުންދާ އަދަދު އިތުރުވަމުންދާކަމަށެވެ. މިގޮތުން މާލެ ސަރަހައްދުންވެސް މިހާތަނަށް 59 ކޭސް ރިޕޯޓްކޮށްފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ހަލީލް ވަނީ ކުރިއަށް އޮތީ ވިއްސާރަ މޫސުންކަމުން، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެކަމަށް އިންޒާރުދެއްވާފައެވެ.
"ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން" ހެލްތް މިނިސްޓަރު ޑރ.ޢަބްދުﷲ ހަލީލް ވިދާޅުވިއެވެ.
https://twitter.com/abkhaleel/status/1783966292623696113
ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.
މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެތްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
އޭގެ ތެރެއިން ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.
ޑެންގީ ހުމުގެ އިތުރުން ޗިކަންގުންޔާ އަކީވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
