މާލެ: 31°C

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަނީތަ؟

February 18, 2025
103 ފަހަރު ބަލާފައި
އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަނީތަ؟
އާލާސްކަންފުޅާ އުޅުއްވާތީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމު އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ އަޑުތައް ފެތުރެމުންދާތާ މަސްތަކެއް ވެފައިވަނިކޮށް އެންމެ ފަހުން އެކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފި އެވެ.

އާލާސްކަންފުޅާ އުޅުއްވާތީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމު އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ އަޑުތައް ފެތުރެމުންދާތާ މަސްތަކެއް ވެފައިވަނިކޮށް އެންމެ ފަހުން އެކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފި އެވެ.

އާ ވަކީލުން ހުވާކުރުމަށް ބާ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ފައްޓަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭނާއަކީ އާންމުކޮށް ބާރަށް ވާހަކަ ދައްކަވާ ބޭފުޅެއް ނަމަވެސް މިއަދު އޭނާގެ އަޑު މަޑު ވެދާނެ ކަމަށެވެ.

އެފަދައިން ވިދާޅުވުމަށް ފަހު އުއްތަމަ ފަނޑިޔާރު ދެން ފާހަގަ ކުރެއްވި ގޮތުގައި އޭނާއަކީ މިހާރު ދޮށީ އުމުރުގެ ބޭފުޅެއް ވެސް މެ އެވެ.

އަދި ހަމަ ވަރަށް އެކަށީގެންވާ ކަމެއް ދެން މި ހައުސިއްޔަތުން ނުފެނުމަކީ ވެސް. މި މަސައްކަތުގައި އުޅޭތާ 32 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ތެރޭގައި އެމަނިކުފާނު ވަނީ މައިބަދައަށް ތަދެއް އަރައިގެން ފަރުވާ ވެސް ހޯއްދެވި އެވެ. އޭރު ވެސް އެމަނިކުފާނު ރިޓަޔާވާން އުޅުއްވާ ކަމުގެ އަޑު ފެތުރިގެން އުޅޭތާ މަސްތަކެއް ވެއްޖެ އެވެ.

ފެހި ގާނޫނުއަސާސީން އެކުލަވާލި ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗުގައި ވެސް މުއުތަސިމް އިންނެވި އެވެ. މުއުތަސިމްގެ ނަން ހުށަހެޅުއްވީ ކުރީގެ ރައިސް މުހައްމަދު ނަޝީދެވެ. އޭރު 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު އޭނާ އަދާ ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަގާމު ގެއްލުނީ އޭރުގެ ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރެއްގެ މަގާމު ހުސްވާ ގޮތަށް ބެންޗުގެ އަދަދު ކުޑަކުރަން ގާނޫނު ފާސްކުރުމުންނެވެ.

ދެން އޭގެ ފަހުން 2019 ވަނަ އަހަރު، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުއްތަސިމްގެ ނަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވުމުން މަޖިލީހުން އެ ކަމަށް ރުހުން ދީ، ހަމަ އެ އަހަރު ޑިސެމްބަރު މަހު މުއްތަސިމް ވަނީ އުއްތަމަ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ