
ކެމިކަލް ގުދަނެއްކަމަށް ތުހުމަތުކުރެވުނު ތަން ބަލައި، އެ މައްސަލަ ފުލުހަށް ހުށަހަޅައިފިން : އެމްއެންޑީއެފް
ކެމިކަލް ގުދަނެއްކަމަށް ތުހުމަތުކުރެވުނު ތަން ބަލައި، އެ މައްސަލަ ފުލުހަށް ހުށަހަޅައިފިން : އެމްއެންޑީއެފް
ލިޔުން:
މާލޭގެ ލިލީމަގުގައި ކެމިކަލް ގުދަނެއް ހުރި ކަމަށް ބުނެ އާންމުން ކުރި ޝަކުވާއަކާ ގުޅިގެން އެތަން ބަލައި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑިއެފް)އިން ބުނެފިއެވެ.
އެމްއެންޑިއެފް އިން ބުނީ އެފަދަ ކެމިކަލް ގުދަނެއް ހުރިކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑިއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އެތަނުގެ އިނެސްޕެކްޝަން ހެދި އިރު އެތަނުގައި ގަވައިދާ ހިލާފަށް ބައެއް އެއްޗެތި ގުދަންކޮށްފައިވާ ކަމަށެވެ.
" އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއްވަނީ ހަދާފައި. އަދި މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެތި ގުދަން ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި ފުލުހުން މިކަމަށް އެޓެންޑްވަމުންދާކަމުގައި ދަންނަވަން " އެމް އެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
[embed]https://twitter.com/ahdnaeem/status/1642493055088623616[/embed]
އާންމުންގެ މީހަަކު ޓްވީޓްކުރި ،ކެމިކަލް ގުދަނެއް ކަމަށް ބުނާ ތަނުގެ ފޮޓޯއިން އެތަނުން ކެމިކަލް ކަމަށް ބެލެވޭ ތަކެތި ހުރިތަން ފެނެއެވެ. މާލޭގައި ކެމިކަލް ގުދަން ތަކެއްގައި ރޯވެ 2019 ވަނަ އަހަރު ހިތާމަވެރި އަލިފާނުގެ ހާދިސާތައް ހިނގި އެވެ. މިހާރު މާލޭގައި ކެމިކަލް ގުދަން ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ކެމިކަލް ގުދަން ކުރަން ޖެހޭނީ މިހާރު ސިނާއީ ރަށް، ތިލަފުށީގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
