
ކެމިކަލްގެ ބަދަލުގައި ކުޑަ ސުއިޕެއް އާލާކޮށްގެން ރުކުމަޑި ނައްތާލެވިދާނެ: މިނިސްޓަރު
ކެމިކަލްގެ ބަދަލުގައި ކުޑަ ސުއިޕެއް އާލާކޮށްގެން ރުކުމަޑި ނައްތާލެވިދާނެ: މިނިސްޓަރު
ލިޔުން:
ރުއްރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް، އެކި ބާވަތުގެ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ކުޑަ ސުއިޕެއް އާލާކޮށްގެން ހެދި ތަހުލީލު ކާމިޔާބުކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ކުރުނބާ އަދި ކާށި ލިބުން ދަތިވުމާއި ގުޅިގެން، ރުކުގެ އާ ޖީލެއް އުފެއްދުމަށް ކުރިއަށްގެންދާ ރުއް އާލާކުރުގެ ގައުމީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ރުއްތަކަށް ބައްޔެއް ޖެހި ކާއްޓާއި ކުރުބާ މަދުވެ އެއިން ނަފާލިބުން ދަތިވެފައިވާތީ، ސަރުކާރުން ގިނަމަސައްކަތްތަކެއް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރުކައް ޖެހޭ ބައްޔާއި ރުކުމަޑި ނައްތާލުމަށް ބައެއް ދަނޑުވެރިން ބާރުގަދަ ކެމިކަލް ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށާއި ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި އެއަށްވުރެ ރައްކާތެރި ގޮތްތަކެއް ހޯދިފައިވާކަމަށެވެ.
އެގޮތަކީ ރުކުމަޑިއަށް ހަމަލާދޭ ކުޑަ ސުއިއްޕެއް އެ ރުއްރުކުގައި އާލާކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެެވެ.
ރުކުމަޑި ނައްތާލާ އެ ކުޑަ ސޫފި ރާއްޖޭގައި ތަޖުރިބާކޮށް، ކާމިޔާބުވެފައިވާކަމަށާއި، އެހެންކަމުން މުސްތަގުބަލުގައި އެކަން ކުރުމަށް ގަސްތުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ސޫފި ތައާރަފްކުރަންވެސް އުނދަގޫ. އެއީ އެހިސާބަށް ރުކައް އަރައި އެކަން ކުރުންވެސް ދަތީ. އެކަމަކު ރާއްޖޭގައި އެކަން ތަޖުރިބާކޮށްފިން. ވަރަށް ކާމިޔާބުކަމާއެކު އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ." މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ރުއްތަކަށް ބަލި ޖެހި ރުއް މަދުވެ ކުރުނބާ ކާށި ލިބުން ދަތިވެފައިވާތީ، އެކަމަށް ހައްލެއ ހޯދުމަށް ސަރުކާރުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފައެވެ. އަދި އެ ރުއްތަށް މިހާރު އަތޮޅުތެރޭގެ އެކި ރަށްތަކަށް ބަހަމުން ދާއިރު 11 ރަށަކަށް މި ރުއްތައް ބެހުމަށް ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
