މާލެ: 31°C
ޗެލްސީ ލަދުގަންނަވާލުމަށްފަހު ލިވަރޕޫލް ތާވަލްގެ އެއްވަނައަށް

ޗެލްސީ ލަދުގަންނަވާލުމަށްފަހު ލިވަރޕޫލް ތާވަލްގެ އެއްވަނައަށް

February 1, 2024
3 ފަހަރު ބަލާފައި
ޗެލްސީ ލަދުގަންނަވާލުމަށްފަހު ލިވަރޕޫލް ތާވަލްގެ އެއްވަނައަށް
އިނގިރޭސި ޕްރެމިއަރ ލީގުގައި ލިވަރޕޫލާއި ޗެލްސީ ބައްދަލުކުރި މެޗް ތަފާތު ބޮޑުކޮށް ލިވަރޕޫލުން ކާމިޔާބު ކޮށްފިއެވެ. 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިވަރޕޫލް މި މެޗްކާމިޔާބު ކުރުމަކީ ޗެލްސީއަށް ލަދުވެތި ނަތީޖާއަކަށް ވާނެއެވެ. މި ނަތީޖާއާއިއެކު 22 މެޗުން ލިބުނު 51 ޕޮއިންޓާއެކު ލިވަރޕޫލްވަނީ ޕްރެމިއަރ ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. ރޭގެ މެޗްގައި ލިވަރޕޫލްގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ޑީއެގޯ ޖޮޓާ، ބްރެޑްލީ،ޝޮބޮޒްލައިގެ އިތުރުން ލުއިސް ޑިއާޒް އެވެ. ޗެލްސީގެ ހަމަ އެކަނި ލަނޑު ޖެހީ ކްރިސްޓޮފަރ އެންކުންކު އެވެ. ރޭގެ މެޗުން ބަލިވި ޗެލްސީއަށް އެ ނަތީޖާއާއި އެކު އޮތީ ތާވަލްގެ 10 ވަނައިގައެވެ. ލީގު ތާވާލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އޮތީ ލިވަރޕޫލަށްވުރެ އެއްމެޗް މަދުން ކުޅެ 46 ޕޮއިންޓާއެކުއެވެ. ލީގުގައި އަދި ބާކީ 14 މެޗް ކުޅެން ޖެހޭއިރު ގަދަ ހަތަރަކަށް އޮތް ވާދަވެރިކަން ވަނީ ކްލަބްތަކުގެ މެދުގައި ބޮޑުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ